އދ. ގައި ރާއްޖެ ތަމްސީލުކުރަން ފާސް ހޯދުމަށް ނަޝީދުގެ އޮފީހުން ރަސްމީކޮށް ނޭދޭ: މިނިސްޓްރީ

މިހާރު

23 ސެޕްޓެމްބަރު 2025 | އަންގާރަ | 2:22

އދ. ގެ މި އަހަރުގެ އާންމު ޖަލްސާގެ ހަވާސާގެ ބައްދަލުވުންތަކެއްގައި ރާއްޖެ ތަމްސީލުވާ ގޮތަށް ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އދ. ގެ މައި މަރުކަޒަށް ވަދެވަޑައިގަތުމަށް ފާސް ދޫކުރަން ފޮރިން މިނިސްޓްރީން ދެކޮޅު ހެދި ކަމަށް އެ މަނިކުފާނުގެ އޮފީހުން ބުނާ ޥާހަކަތައް ފޮރިން މިނިސްޓްރީން މިއަދު ދޮގުކޮށްފި އެވެ.

ނަޝީދުގެ އޮފީހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނީ، ދިވެހި ސަރުކާރު ނުރުހުނަސް އެ މަނިކުފާނު ރަސްމީ ހައިސިއްޔަތުން އދ. ގެ މައި މަރުކަޒަށް ވަދެވަޑައިގަތުމަށާއި އެ ޖަމާއަތުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ހުރަހެެއް ނެތް ކަމަށެވެ. އަދި ފާހާއި ޕްރޮޓޮކޯލްގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށާއި ބައެއް ބައްދަލުވުންތަކުގައި ވެސް ބައިވެރިވެވަޑައިގަތް ކަމަށް ބަޔާނުގައި ވެ އެވެ.

އެ ބައްދަލުވުމުގެ ފާސް ހޯދުމުގެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ސަރުކާރުން އިންކާރުކުރި ކަމަށް ދެއްކެވޭ ވާހަކައާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އދ. ގެ މައި މަރުކަޒަށް ވަދެވަޑައިގަތުމަށް ނަޝީދަށް ބޭނުންފުޅުވާ ފާސް ހޯދުމަށް އެ މަނިކުފާނުގެ އޮފީހުން އެ މިނިސްޓްރީގައި ރަސްމީކޮށް އެދިފައި ނުވާ ކަމަށެވެ.

މައުޟޫޢުތަށް