ފުރަތަމަ ހަ މަހު ޓެކްސްގެ ގޮތުގައި 774 މިލިއަން ޑޮލަރު
މިހާރު
23 ސެޕްޓެމްބަރު 2025 | އަންގާރަ | 7:28
މިއަހަރުގެ ފުރަތަމަ ހަ މަހު ލިބުނު އާމްދަނީގެ ތެރެއިން 774 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ޓެކްސްގެ ގޮތުގައި ބަލައިގަނެފައިވާކަމަށް، ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން ބުނެފި އެވެ.
މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން އެއީ ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބުނު ޖުމްލަ އާމްދަނީގެ 70 ޕަސެންޓެވެ. އެ މުއްދަތުގައި ދިވެހި ރުފިޔާއިން ލިބިފައިވަނީ ފަސް ބިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހު ޓެކްސްގެ ގޮތުގައި ދައުލަތަށް ބަލައިގަނެފައިވަނީ 562 މިލިއަން ޑޮލަރު (8.6 ބިލިއަން ރުފިޔާ) އެވެ. އެހެންވެ، މިއަހަރު ޑޮލަރުން ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރަށް ވުރެ 38 ޕަސެންޓް އިތުރުވެފަ އެވެ.