އިމިގްރޭޝަންގެ ބޮޑު އޮޕަރޭޝަނެއް: ދެ ގަޑިއިރު ތެރޭގައި 81 ބިދޭސީއަކު އަތުލައިގެންފި

މިހާރު

23 ސެޕްޓެމްބަރު 2025 | އަންގާރަ | 11:04

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް މާލޭގައި މިއަދު ހިންގި އޮޕަރޭޝަނުން 500 އެއްހާ ތަން ފާސްކޮށް، 81 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަަށަށް ގެންގޮސްފި އެވެ.

އެ އިދާރާއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުން އަންނަ ބިދޭސީންނަށް އަމާޒުކޮށް ހަވީރު 4-6 އަށް ކުރިއަށް ގެންދިޔަ ބޮޑު ރެއިޑުގައި 463 ތަނެއް ބަލައި ފާސްކޮށް، 932 ބިދޭސީން ޗެކްކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން، ގަވައިދާ ހިލާފަށް އުޅެމުންދިޔަ 81 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ. އަދި ގަވާއިދާ ހިލާފަށް ވިޔަފާރީގައި ބިދޭސީން ހަރަކާތްތެރިވަމުން ދިޔަ 10 ތަނެއްގެ މައުލޫމާތު ކަމާގުޅުން ހުރި އިދާރާތަކާ ހިއްސާކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

މައުޟޫޢުތަށް