އދ. އިން ލިބުނީ ހަލާކުވެފައިވާ އެސްކަލޭޓަރަކާއި މަސައްކަތް ނުކުރާ ޓެލްޕްރޮމްޕްޓާއެއް: ޓްރަމްޕް

މިހާރު

24 ސެޕްޓެމްބަރު 2025 | ބުދަ | 1:12

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މިއަދު އދ.ގެ އާންމު މަޖިލީހުގެ ޖަލްސާއަށް ވަޑައިގަތް ވަގުތު އެސްކަލޭޓާ ނުހިނގުމުންނާއި ތަގުރީރު ދެއްވަން ފެއްޓެވި އިރު ޓެލެޕްރޮމްޕްޓާ ވެސް މަސައްކަތް ނުކުރުމުން ޖޯކް ޖައްސަވައިފި އެވެ.

ޓްރަމްޕުގެ ދެކަނބަލުން އދ.ގެ 80 ވަނަ އާންމު ޖަލްސާއަށް ވަޑައިގަތް ވަގުތު ފޮޓޯ ނެގުމަށާއި ބައެއް ބޭފުޅުންނާ ބައްދަލުކުރެއްވުމަށް އިރުކޮޅެއް ހޭދަކުރެއްވުމަށް ފަހު އެސްކަލޭޓަރަކުން މައްޗަށް ވަޑައިގަތުމަށް އެޔަށް އަރައިވަޑައިގަތެވެ. އެކަމަކު ހިނގިހިނގާ ހުރި އެ އެސްކަލޭޓާ ކުއްލިއަކަށް ހުއްޓުނީ އެވެ.

އެސްކަލޭޓާއަށް އަރައިވަޑައިގަތް އިރު ކުރީގައި ހުންނެވި އަނބިކަނބަލުން މެލާނިއާ، އެސްކަލޭޓާ ހުއްޓުނު ވަގުތު ފަހަތަށް ކުޑަކޮށް ވިއްސައިގެން ވެސް ދިޔަ އެވެ. ދެތިން ސިކުންތު ހުންނެވުމަށް ފަހު ދެން އެސްކަލޭޓާއިން ހިންގަވާފައި މައްޗަށް އަރައިވަޑައިގަތީ އެވެ.

މައުޟޫޢުތަށް