ރައްޔިތުން އެދުނު ގޮތަށް ވިލުފުށީ މިސްކިތް، އިސްލާމީ މަރުކަޒަކަށް

މިހާރު

24 ސެޕްޓެމްބަރު 2025 | ބުދަ | 6:59

ތ. ވިލުފުށީގައި ހުންނަ މަސްޖިދު އުމަރު ފާރޫގްއަކީ އިސްލާމީ މަރުކަޒެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.

ރައީސް އެކަން އިއުލާން ކުރެއްވީ ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

"މި ރަށުގެ ހުރި މިސްކިތް، އިސްލާމީ މަރުކަޒަކަށް ހެދުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ކުރިއަށް އެބަދޭ. ކުރިއަށް އޮތް ތަނުގައި އެ މިސްކިތް އިސްލާމީ މަރުކަޒަކަށް ބަދަލުވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.

މައުޟޫޢުތަށް