އެންމެ ބޮޑު އެހީތެރިކަމީ ހަމަޖެހުން ގާއިމްކުރަން ދޭ ތާއީދު: ރައީސް
މިހާރު
24 ސެޕްޓެމްބަރު 2025 | ބުދަ | 7:26
ރައްޔިތުންގެ ފަރާތުން ލިބިވަޑައިގަންނަވާ އެންމެ ބޮޑު އެހީތެރިކަމަކީ ގައުމުގައި ހަމަޖެހުން ގާއިމް ކުރަން ލިބޭ ތާއީދު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ތ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ވިލުފުށީގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި ހަމަޖެހުން ގާއިމް ކުރުމަށް ރައްޔިތުންގެ ފަރާތުން ލިބިވަޑައިގަންނަވާ ތާއީދަކީ ފެންނަން ނެތަސް އިހުސާސްވާ އެއްޗެއް ކަމަށެވެ.
އެ މަނިކުފާނުގެ ސަރުކާރުގައި ވިލުފުއްޓަށް ކޮށްދޭން ކަނޑައެޅުއްވި ދިގު ލިސްޓެއް އިއްވެވުމަށް ފަހު ވިދާޅުވީ، އެ ކަންކަމުގެ ފޮނިމީރުކަން ލިބެނީ ރާއްޖޭގައި ހަމަޖެހުން ގާއިމް ކުރުމަށް ރައްޔިތުންގެ ފަރާތުން ލިބިވަޑައިގަންނަވާ ތާއީދުން ކަމަށެވެ.