ލީގު ކަޕުގައި ލިވަޕޫލާއި ޗެލްސީ އަށް އުނދަގޫ މޮޅެއް

މިހާރު

24 ސެޕްޓެމްބަރު 2025 | ބުދަ | 10:47

އިނގިރޭސި ލީގު ކަޕުގެ ތިން ވަނަ ބުރުގައި ރޭ ދެ ވަނަ ޑިވިޝަނުގެ ސައުތުހެމްޓަން އަތުން 2-1 އިން ލިވަޕޫލް މޮޅުވިއިރު، ޗެލްސީން ހަމަ އެ ނަތީޖާ އިން ތިން ވަނަ ޑިވިޝަނުގެ ލިންކަން ސިޓީ އަތުން މޮޅުވެއްޖެ އެވެ.

ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލުން ރޭ ނެރުނީ އާދައިގެ ޓީމެކެވެ. އެކަމަކު 169 މިލިއަން ޑޮލަރަށް ސޮއިކުރުވި ސްވިޑަން ފޯވާޑް އެލެކްސެންޑާ އިސާކް އަށް ފުރަތަމަ އެގާރައިން ކޯޗު އާންސް ސްލޮޓް ފުރުސަތު ދިނެވެ.

ލިވަޕޫލުގެ ފުރަތަމަ ގޯލް 43 ވަނަ މިނެޓުގައި ޖަހައިދިނީ ވެސް އޭނާ އެވެ. އޭގެ ފަހުން 76 ވަނަ މިނެޓުގައި ސައުތުހެމްޓަންގެ ޝެއާ ޗާލްސް އެއްވަރުކުރި އެވެ. ލިވަޕޫލް މޮޅުވީ 85 ވަނަ މިނެޓުގައި ހޫގޯ އެކިޓިކޭ ޖެހި ލަނޑުންނެވެ. ކުރިން ރީނދޫ ކާޑެއް ދައްކާފައި ވަނިކޮށް، ޖާޒީ ބޭލުމުން ދެ ވަނަ ކާޑާ އެކު، ރެފްރީ ވަނީ އެކިޓިކޭ ދަނޑުން ފޮނުވާލައިފަ އެވެ.

މައުޟޫޢުތަށް