އެކްސިޑެންޓް މަދުކުރަން ހުޅުމާލޭގެ މަގުތަކުގައި އިތުރު ސްޕީޑް ބަމްޕް ހަރުކުރަނީ
މިހާރު
24 ސެޕްޓެމްބަރު 2025 | ބުދަ | 12:23
ހުޅުމާލޭގައި އެކްސިޑެންޓްތައް މަދުކޮށް މަގުތަކުގެ ރައްކާތެރިކަމާއި އަމާންކަމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އިތުރު ސްޕީޑް ބަމްޕްތައް ހަރުކުރަން ފަށައިފި އެވެ.
އެޗްޑީސީން ބުނީ ސްޕީޑް ބަމްޕް ހަރުކުރަނީ ހުޅުމާލޭގެ މަގުތަކުގައި ޓްރެފިކް ބާރު ބޮޑުވެ، އެކްސިޑެންޓްތައް ހިނގުން މަދުކުރުމަށާއި ހުޅުމާލޭގެ މަގުތަކަކީ ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ރައްކާތެރި ތަނަކަށް ހެދުމަށް ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކަމަށެވެ.
އެ މަސައްކަތުގައި ހުޅުމާލޭގެ އެކި މަގުތަކުގެ 88 ސަރަަހައްދެއްގައި ސްޕީޑް ބަމްޕް ހަރުކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.