އެސްޓީއޯއިން މިރުސް އެތެރެކުރާނީ ކަނޑޫދޫ މީހުންނަށް ދަތިނުވާ ގޮތް ބަލައިގެން: ރައީސް

މިހާރު

24 ސެޕްޓެމްބަރު 2025 | ބުދަ | 1:55

އެސްޓީއޯ އިން ދާއިމީކޮށް އެތެރެކުރާ 10 ބާވަތުގެ މޭވާގެ ތެރޭގައި މިރުސް ހިމަނާފައިވީ ނަމަވެސް އެކަން ކުރާނީ ތ. ކަނޑޫދޫގެ ދަނޑުވެރިންނަށް ދަތި ނުވާނެ ގޮތަކަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިރުސް ހެއްދުމުގައި ރާއްޖޭގައި އެންމެ މަޝްހޫރު ރަށް ކަނޑޫދު އަށް އެ މަނިކުފާނު މިއަދު ވަޑައިގެން ވިދާޅުވީ، ދައުލަތުގެ ކުންފުނި އެސްޓީއޯ އިން ދާއިމީކޮށް މިރުސް އެތެރެ ކުރިޔަސް އެ ރަށުގެ ދަނޑުވެރިންނަށް ދަތި ނުވާނެ ގޮތަކަށް ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

"އަޅުގަނޑު ހަމަ ވަރަށް ވަރަށް ޔަގީންކަން ދެން. ތިބޭފުޅުންގެ ވިޔަފާރި އަށް ގެއްލުމެއް ނުވާ ގޮތަށް އެ ކަން ކުރާނީ. އެސްޓީއޯ އިން ތިބޭފުޅުންގެ އަގުގައި ތިބޭފުޅުންނަށް ފައިދާވާ ހަމަ ރަނގަޅު ގޮތަށް މިރުސް ގަނެގެން ތިބޭފުޅުންނަށް ބޭނުންވާ ފައިދާ ލިބޭ ގޮތަށް އެކަން ހަމަޖައްސައި، ތިބޭފުޅުންނަށް އޭގެ އެެއްވެސް ގެއްލުމެއް ނުވާ ގޮތަށް އެކަން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދެން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މައުޟޫޢުތަށް