ބެންކޮކްގެ ހޮސްޕިޓަލެއްގެ ކުރިމަތިން ބިންގަނޑު ގަނބައިގަނެ ބޮޑު ވަޅުގަނޑެއް ހެދިއްޖެ
މިހާރު
24 ސެޕްޓެމްބަރު 2025 | ބުދަ | 1:28
ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ ކާރޫބާރު ބޮޑު މަގެއްގެ އެއް ބައި މިއަދު އަޑިއަށް ގަނބައިގަނެ ފުން ވަޅުގަނޑެއް ހެދިއްޖެ އެވެ.
މި ބޮޑު ވަޅުގަނޑު ހެދުނީ ބެންކޮކްގައި އާންމުން ގިނަ ސަރަހައްދެއްގައި ހުންނަ ވަޖިރާ ހޮސްޕިޓަލުގެ ބޭރުގަ އެވެ. ގާތްގަނޑަކަށް 50 މީޓަރު (160 ފޫޓް) ފުޅާ ވަޅުގަނޑެއް ހެދިފައި ވާއިރު ކަރަންޓް ނަރުތައް ބުރިވެ ފެން ހޮޅިތައް ވެސް ފެޅި ހާމަޔަށް ފެންނަން ހުއްޓެވެ.
ބެންކޮކްގެ ޑިޒާސްޓާ ޕްރިވެންޝަން ޑިޕާޓްމަންޓްގެ ޑިރެކްޓަރު ސުރިޔަޗައި ރަވިވާން އޭއެފްޕީއަށް ވިދާޅުވީ އެ ހާދިސާ ހިނގަން މެދުވެރިވީ ދާދި ފަހުން ބޯކޮށް ވާރޭ ވެހުމާއި ފެން ހޮޅިއަކުން ލީކުވަމުން ދިއުމުގެ ސަބަބުން ކަމަށް ވެދާނެ ކަމަށެވެ.