ރިއަލް އެސްޓޭޓް ދާއިރާ އަށް ދޫކުރި ލޯނުގެ އަދަދު 3.5 ބިލިއަނަށް
މިހާރު
24 ސެޕްޓެމްބަރު 2025 | ބުދަ | 4:38
ރިއަލް އެސްޓޭޓް ވިޔަފާރިތަކަށް ބޭންކުތައް މެދުވެރިކޮށް ނެގި ލޯނުގެ އަދަދު 3.5 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.
މަރުކަޒީ ބޭންކު، އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން މިއީ މިދިޔަ އަހަރުގެ ޖުލައި މަހަށް ވުރެ 1.1 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެއީ ގާތްގަނޑަކަށް 45 ޕަސެންޓުގެ އިތުރުވުމެކެވެ.
މިދިޔަ ތިން އަހަރު ރިއަލް އެސްޓޭޓް ވިޔަފާރިތަކަށް ރާއްޖޭގެ ބޭންކްތަކުން ދޫކޮށްފައިވަ ލޯނުގެ އަދަދު ވަނީ 67 ޕަސެންޓަށް އިތުރު ވެފަ އެވެ.