މަސައްކަތް ހަވާލުކުރި ކުންފުނިން ދިނީ ދޮގު މައުލޫމާތު، ގޮތެއް ނިންމަނީ!
މިހާރު
24 ސެޕްޓެމްބަރު 2025 | ބުދަ | 4:43
ތ. ކަނޑޫދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރަން ހަވާލުކުރި ކުންފުނިން އެ މަޝްރޫއުުގެ 96 ޕަސެންޓު މަސައްކަތް ނިންމާފައިވާ ކަމަށް ބުނެ ސަރުކާރަށް އޮޅުވާލާފައިވާ މައްސަލައެއް އެ ރަށުގެ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ސަމާލުކަމަށް ގެންނަވައިފި އެވެ.
ތ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ކަނޑޫދޫގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ އަތޮޅުގެ އިތުރުން ވ. މ އަދި ފ. އަށް މި ބުރުގައި ކުރެއްވި ދަތުރުފުޅުގައި ވަރަށް ގިނަ ކަންކަން ސާފުވެފައިވާ ކަމަށެވެ.
މަޝްރޫއުތަކާ ގުޅޭ ގޮތުން ކުންފުނިތަކުން ސަރުކާރަށް އޮޅުވާލާފައިވާ އެނގިވަޑައިގެންފައިވާކަން ހާމަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ކަނޑޫދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު ހަވާލު ކޮށްފައިވާ ކުންފުނިން ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް ދީފައިވާ މައުލޫމާތާއި ކޮށްފައި ހުރި މަސައްކަތުގައި ތަފާތުތަކެއް އެބަހުރި ކަމަށެވެ.