މޯލްޑިވިއަނުން އަޒަރްބައިޖާން އެއާލައިނާ އެކު އިންޓަލައިން އެގްރީމެންޓެއް
މިހާރު
24 ސެޕްޓެމްބަރު 2025 | ބުދަ | 3:03
ގައުމީ އެއާލައިން، މޯލްޑިވިއަނުން އަޒަރްބައިޖާން އެއާލައިނާ އެކު ހާއްސަ އިންޓަނައިލް އެގްރީމެންޓެއްގައި ސޮއިކޮށްފި އެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ އެ އެއްބަސްވުމާ އެކު އަޒަރްބައިޖާން އެއާލައިނުން ދަތުރުކުރާ ފަސިންޖަރުންނަށް ރާއްޖޭގެ ޑޮމެސްޓިކް ދަތުރުތައް ކުރުމުގައި މިހާރަށް ވުރެ ފަސޭހަވާނެ ކަމަށެވެ.
އެ ސްޓްރެޓެޖިކް އެއްބަސްވުމުގެ ދަށުން އަޒަރްބައިޖާނާއި އެ ސަރަހައްދުގެ އެހެން ގައުމުތަކުން އަންނަ ޓޫރިސްޓުންނަށް މޯލްޑިވިއަން އިން ދަތުރުތައް ކުރާ ރާއްޖޭގެ 17 މަންޒިލަކަށް މާގިނަ ވަގުތު މަޑުނުކޮށް، ޝެޑިއުލްގެ ތެރެއިން ޑޮމެސްޓިކް ދަތުރުތައް ކުރަން އިތުރަށް ލުއިވާނެ އެވެ.