ކާރުން ޖައްސައި މަޑުނުކޮށް ދިޔަ މީހާގެ ބަންދަށް 15 ދުވަސް
މިހާރު
24 ސެޕްޓެމްބަރު 2025 | ބުދަ | 3:03
ހުޅުމާލެ 2 ގައި ކަފިހި ހުރަސްމަތިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ކާރުން ޖައްސައި، މަޑުނުކޮށް ދިޔަ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
ހިތިގަސް މަގުން އެމްއޭސީއެލް ޓަވަރު ކައިރީގައި މިދިޔަ އާދިއްތަ ދުވަހު ހިނގި އެކްސިޑެންޓުގައި 63 އަހަރުގެ މީހަކަށް ވަނީ އަނިޔާވެފަ އެވެ.
އެ އެކްސިޑެންޓުގައި އެ މީހާގެ އެއްފައިގެ ކަށިމަތިން ބިންދައިގެން ދިއުމުން އައިޖީއެމްއެޗުގައި އަންނަނީ ފަރުވާ ދެމުންނެވެ.