ގާސިމް އެޑްމިޓް ކޮށްގެން ފަރުވާދެނީ
މިހާރު
24 ސެޕްޓެމްބަރު 2025 | ބުދަ | 4:13
ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އެންމެ ކާމިޔާބު އެއް ވިޔަފާރިވެރިޔާ އަދި ވިލާގެ ޗެއާމަން ގާސިމް އިބްރާހިމްގެ ސިއްހީ ހާލުކޮޅު ގޯސްވެގެން އައިޖީއެމްއެޗުގައި ފަރުވާ ދޭން ފަށައިފި އެވެ.
މާމިގިލި ދާއިރާގެ މެމްބަރު ގާސިމް 74، ގެ ގާތް ބޭފުޅަކު މިއަދު ވިދާޅުވީ، ސަން އައިލެންޑު ރިސޯޓުގައި ހުންނަވަނިކޮށް އިއްޔެ "އުނދަގޫތަކެއް" ވެގެން ލޯންޗުގައި މާލެ ވަޑައިގަތީ ކަމަށެވެ.
"ފްލައިޓަށް ވެސް ނޭރުއްވީ މައްޗަށް ވީމާ ޕްރެޝަރު ބޮޑުވެދާނެ ކަމުގެ ބިރަށް. އެހެންވެ، ލޯންޗުކޮޅުގައި ވަޑައިގެން އައިޖީއެމްއެޗަށް ވަޑައިގަތީ،" އޭނާ ވިދާޅުވި އެވެ.