ވަންދުއަށް ކަކޮޅަސް: ރައީސް އެދިވަޑައިގަތީ ރައްޔިތުންނަށް ފުދުންތެރިކަން ހޯދައިދިނުމަށް

މިހާރު

24 ސެޕްޓެމްބަރު 2025 | ބުދަ | 8:01

ތ. ވަންދުއަށް އެ އެ އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ކަކޮޅަސް 20 އަހަރު ދުވަހަށް ދީ މިއަދ އެ ރަށު ކައުންސިލާ ރަށް ހަވާލުކުރައްވައިފި އެވެ.

ރައީސް ތ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި މިއަދުގެ ތިން ވަނަ ރަށަކަށް ވަންދުއަށް ވަޑައިގެން ކައުންސިލާ އެ ރަށް ހަވާލުކޮށްދެއްވީ ރައްޔިތުންނާ އެކު ބޭއްވި ޖަލްސާގައި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފެވެ. ރަށް ހަވާލުކުރުމުގެ ލިޔުމާ ހަވާލުވެވަޑައިގަތީ ރަށު ކައުންސިލް ރައީސް ޝިޔާޒް އިބްރާހިމެވެ.

ކަކޮޅަސް އަކީ ވަންދުއާ މޭލެއްހާ ދުރުގައި އޮންނަ، ގަސް ބޯ ރަށެކެވެ.

މައުޟޫޢުތަށް