އެޗްއައިވީން ރައްކާތެރިކޮށްދޭ ބޭސް އަހަރަކު 40 ޑޮލަރަށް ލިބޭ ގޮތް ހަދަނީ

މިހާރު

25 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 6:36

އެޗްއައިވީން ރައްކާތެރިކޮށްދޭ އަދި ފަރުވާއަށް އިންގިލާބީ ބަދަލެއް ގެނުވި، އިންޖެކްޓުކޮށްގެން ދޭ ބޭހުގެ ޖެނެރިކް ވާޝަނެއް 2027 ވަނަ އަހަރުން ފެށިގެން 100 އަށް ވުރެ ގިނަ ގައުމުގައި އަހަރަކު 40 ޑޮލަރަށް ލިބޭ ގޮތް ހަމަޖައްސަން ނިންމާފައިވާ ކަމަށް ޔުނިޓެއިޑް އަދި ގޭޓްސް ފައުންޑޭޝަނުން ބުދަ ދުވަހު ބުނެފި އެވެ.

މި ދެ ޖަމިއްޔާއިން ވަނީ "ލީނަކެޕަވިއާ" ގެ ނަން ދީފައިވާ، އަހަރަކު ދެ ފަހަރު އިންޖެކްޓުކުރަންޖެހޭ މި ބޭހުގެ ޖެނެރިކް ވާޝަނެއް ހެދުމަށް އިންޑިއާގެ ފާމަޝޫޓިކަލް ކުންފުނިތަކަކާ އެކު ވަކިވަކިން އެއްބަސްވުންތަކެއް ހަދައިފަ އެވެ. މިއީ އެޗްއައިވީ ޓްރާންސްމިޝަން 99.9 ޕަސެންޓް ކޮންޓްރޯލްކޮށްދޭ ބޭހެކެވެ.

ކެލިފޯނިއާގައި ހުންނަ ގިލިއަޑް ސައިންސަސް އިން ޔެޒްޓޫގޯގެ ނަމުގައި މާކެޓްކުރާ ލީނަކެޕަވިއާ އެމެރިކާގައި ވިއްކަނީ ގާތްގަނޑަކަށް 28،000 ޑޮލަރަށެވެ.

މައުޟޫޢުތަށް