އީގަލްސްގެ ދެ ލަނޑުގެ ލީޑަށް ބުރުން ނިމުން ގެނެސްފި
މިހާރު
24 ސެޕްޓެމްބަރު 2025 | ބުދަ | 8:07
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު އީގަލްސްއިން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ބުރު ސްޕޯޓްސް ފަހަތުން އަރައި 2-2 ން ނަތީޖާ ހަމަހަމަ ކޮށްފި އެވެ.
އެންމެ ފަހުގެ ދިވެހި ޕްރިމިއާ ލީގުގެ ރަނަރަފް އީގަލްސްއިން ވަނީ އާ ސީޒަނުގައި މިހާތަނަށް ތިން މެޗު ކުޅެފަ އެވެ. އެކަމަކު އަދި އެއްވެސް މެޗަކުން މޮޅެއް ނުވެ އެވެ.
ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗާއި ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ވެސް އެ ޓީމާ ދެކޮޅަށް ނުކުތީ މާޒިޔާ އެވެ. ސީޒަން ހުޅުވި މެޗުގަ ބަލިވިޔަސް، ރަނގަޅު ކުޅުމެއް އީގަލްސްގެ ޓީމުން ދެއްކި އެވެ.