ގައުމީ ޓީމުގެ ދަތުރަށްފަހު އިލާން އެނބުރި އައިސް ހަދިޔާކުރި ލަނޑުން މާޒިޔާ ކުރިއަށް
މިހާރު
25 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 12:08
ސަތާރަ އަހަރުންދަށުގެ ގައުމީ ޓީމުގެ ދަތުރަށް ފަހު އެނބުރި އައި މުހައްމަދު އިލާން އިމްރާން ހަދިޔާ ކުރި ލަންޑުން މާޒިޔާއިން 3-0 ން ޓީސީ ބަލިކޮށްފި އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި މާޒިޔާގެ ތިންވަނަ ލަނޑު ޖެހީ އިލާން އެވެ.
މި މަހުގެ 15 ގައި ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗު، މާޒިޔާ އަށް ކާމިޔާބުކޮށް ދިނުމުގައި ހިއްސާވުމަށް ފަހު އިލާން 17 އަހަރުންދަށުގެ ގައުމީ ޓީމާ ގުޅުނީ ލަންކާގައި މިހާރު ކުރިއަށްދާ 17 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅުމަށެވެ.