ވޭމަންޑޫ-ކިނބިދޫ ކޯޒްވޭގެ މަސައްކަތާ އެކު އެލާ ޓޫރިޒަމަށް ތަރައްގީކޮށްދޭނަން: ރައީސް
މިހާރު
25 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 10:15
ތ. ކިނބިދު އާއި ވޭމަންޑޫ ގުޅާލުމަށް އަޅާ ކޯޒްވޭގެ މަސައްކަތް ކުރިއަށް ދާނީ އެ ދެ ރަށް ކައިރީ އޮންނަ އެލާ، އިންޓަގްރޭޓެޑް ޓޫރިޒަމް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރުމާ އެކު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކިނބުދޫ-ވޭމަންޑޫ ކޯޒްވޭގެ މަޝްރޫއުއަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.
ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި، އެ އަތޮޅުގެ ވޭމަންޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ކިނބިދު އާއި ވޭމަންޑޫގެ ދެމެދުގައި ހުރި ދުރުމިނަށް ބަލާއިރު ސަރުކާރުގެ ބަޖެޓުން ހޭދަކޮށްގެން ސީދާ ޕީއެސްއައި ޕްރޮޖެކްޓެއްގެ ގޮތުގައި އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވުރެ، ފައިދާ ބޮޑުވާނީ ކޮންޓްރެކްޓާ ފައިނޭންސިން އުސޫލު ފަދަ ގޮތަކަށް އެކަން ހިންގުމުން ކަމަށެވެ.