ކުޑަކުއްޖަކު މަތިންދާބޯޓެއްގެ ލޭންޑިން ގިއަރު ތެރޭ އަފްޣާނިސްތާނުން އިންޑިއާއަށް

މިހާރު

25 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 10:38

އަފްޣާނިސްތާނުގެ ކުޑަ ކުއްޖަކު ކާބުލް އިން އިންޑިއާގެ ނިއު ދިއްލީއަށް، މަތިންދާބޯޓެއްގެ ލޭންޑިން ގިއަރު ތެރޭގައި އޮވެގެން ދަތުރުކޮށްފި އެވެ.

އިންޑިއާގެ އިދާރާތަކާ ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އުމުރުން 13 ވަރަކަށް އަހަރުގެ މި ކުއްޖާ ފެނުނީ ދިއްލީގެ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގައި ދާނެ ތަނެއް ނޭނގި އެކި ކޮޅުކޮޅަށް ހިނގަނިކޮށެވެ.

އާދީއްތަ ދުވަހުގެ ރޭ ދަންވަރު ކާމް އެއާލައިންސްގެ ބޯޓެއް ޖެއްސިތާ އިރުކޮޅެއް ފަހުން އެ ކުއްޖާ ފެނުމާ އެކު އިންޑިއާގެ ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސްގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ ބަލަން ފެށި އެވެ.

މައުޟޫޢުތަށް