މަސް މާރުކޭޓް މައްސަލަ ބަލަން އެޖެންޑާކުރި ތިން ދުވަހު ވެސް ކޯރަމް ނުލިބިގެން ޖަލްސާ ނުބޭއްވުނު

މިހާރު

25 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 12:38

މާލޭގެ މަސް މާރުކޭޓު ތަރައްގީކުރުމުގެ މަޝްރޫއު ހަވާލުކުރުމުގައި މިލިއަން ޑޮލަރުން ގެއްލުންވާ ގޮތަށް އެއްބަސްވުން ހެދި މައްސަލާގައި ލީގަލް އޮފިސަރު އަލީ ނަސީރު ހާޒިރުކޮށް ސުވާލުކުރުމަށް މާލޭ ސިޓީ ކައުންސިލުން ތާވަލުކުރި ތިން ވަނަ ޖަލްސާ ވެސް ކޯރަމް ހަމަނުވެގެން ނުބޭއްވުނު ކަމަށް ސިޓީ ކައުންސިލުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު ސައިފް ފާތިހް ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރު މަސް މާރުކޭޓް މަސައްކަތް ބިޑަށް ލައި، އިވެލުއޭޓްކޮށް ކުންފުންޏަކާ އޮތީ ހަވާލުކޮށްފަ އެވެ. އެއީ 6.1 މިލިއަން ޑޮލަރަށެވެ.

އެކަމަކު އެ މަނިކުފާނު ރައީސް ކަމަށް އިންތިހާބުވި ފަހުން އަދި މިހާރުގެ މޭޔަރު އާދަމް އާޒިމް މަގާމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން ވަނީ އެ އެއްބަސްވުން އުވާލައި އެހެން ކުންފުންޏަކާ އެކު އެއްބަސްވުން ހަދައިފަ އެވެ. އެ އެއްބަސްވުން ހަދާފައި ވަނީ 9.5 މިލިއަން ޑޮލަރަށެވެ.

މައުޟޫޢުތަށް