އިހުތިސާސްގައި ހިމަނާ ރަށް ވަކިކޮށް، ރިސޯޓު ހަދަން ކުއްޔަށް ދެވޭނެ: ރައީސް
މިހާރު
25 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 12:51
ރަށްރަށުގެ އިހްތިސާސްގައި ހިމަނައިދޭ ރަށްރަށް، އެ ރަށުގެ އިހުތިސާސުން ވަކިކޮށް ރިސޯޓު ހަދަން ކުއްޔަށް ދެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު އެ އަތޮޅު އޮމަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވަނީ އެ ރަށުގެ އިހުތިސާސްގައި ވެސް ރަށެއް އޮތްކަން ފާހަގަކުރައްވައިފަ އެވެ.
ގާނޫނުގައި އޮންނަނީ އިހްތިސާސް ތެރޭގައި ފަޅު ރަށެއް އޮތަސް ރިސޯޓުގެ ގޮތުގައި ތަރައްގީ ނުކުރެވޭ ގޮތަށެވެ. ރައީސް ވިދާޅުވީ އެހެން އޮތަސް، އިހްތިސާސުން ރަށް ވަކިކޮށް، ކައުންސިލުން ބޭނުން ނަމަ ރިސޯޓް ހަދަން ކުއްޔަށް ދެވޭނެ ކަމަށެވެ.