މާވަށު މަރުގެ މައްސަލާގައި ދައުވާކުރަން ފޮނުވައިފި
މިހާރު
25 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 12:55
މިދިޔަ ޖުލައި މަހު ލ. މާވަށުގައި އެ ރަށު މޫސާ އިބްރާހިމް މަރާލި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރަން ޕްރޮސެކިއުޓާ ޖެނަރަލުގެ އޮފީހަށް ފުލުހުން ފޮނުވައިފި އެވެ.
އެ މައްސަލާގައި ފުލުހުން ދައުވާކުރަން ފޮނުވީ ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމްގެ މައްޗަށެވެ. އުމުރުން 29 އަހަރުގެ އެ ޒުވާނާ ވަނީ މޫސަގެ ބޮލަށް ހަމަލާދީ މަރާލި 28 ވަނަ ދުވަހު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
އެ މީހާ އަކީ މަސްތުވާތަކެތީގެ ރިކޯޑު އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.