މީޑިއާތަކަށް ދައުލަތުން ދޭ މާލީ އެހީއަށް އެދުމުގެ މުއްދަތު އިތުރުކޮށްފި
މިހާރު
25 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 1:49
މީޑިއާތަކަށް ދައުލަތުން ދޫކުރާ މާލީ އެހީ ހޯދަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
މީޑިއާތަކަށް ދޫކުރާ އެހީއަށް އެދެން ޔޫތު މިނިސްޓްރީން ކުރިން ހުޅުވާލީ މާދަމާގެ ނިޔަލަށެެވެ. ނަމަވެސް އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ފުރުސަތު އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި އެކަމަށް އެދި ހުށަހެޅޭނީ އެކަމަށް ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށް އެ އިއުލާނުގައި ބުންޏެވެ.
ރަޖިސްޓަރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލެއް ސަރުކާރުން ފުރަތަމަ ފަހަރަށް އެކުލަވާލައި، އާންމުކުރީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ.