ބޮޑެތި ރަށްރަށަށް ބަދަލުވާން ހިތްވަރު ދެން: ރައީސް
މިހާރު
25 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 3:53
ވަސީލަތްތައް މަދު އަދި ކުދި ރަށްތަކުގައި ދިރިއުޅޭ އެންމެން އެ އަށް ވުރެ ބޮޑެތި ރަށްރަށަށް ބަދަލުވާން ސަރުކާރުން ހިތްވަރު ދޭ ކަމަށާއި އެ ކަމަކު އެ ކަން ކުރިއަށް ގެންދަން ބޭނުންފުޅުވަނީ ރައްޔިތުން އަމިއްލަ އަށް ބޭނުންވެގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ، ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުޅުގައި މިއަދު ކިނބިދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އާބާދީ އެއްފަސް ކުރުމަކީ މި ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށެވެ. އަދި ބޮޑެތި ރަށްރަށަށް މީހުން ބަދަލުވާން ފުރުސަތު ދޭން ނިންމާފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.