ބިޗަޑްގެ ހިތްގައިމު ފްރީކިކުން ވިކްޓަރީ އަށް ހަމަޖެހުން

މިހާރު

25 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 7:38

މެޗުގެ އެންމެ ފަހު ވަގުތުކޮޅުގައި، އަބްދުﷲ މިދުހަތު ފަހްމީ (ބިޗަޑް) ފްރީކިކަކުން ޖެހި ހިތްގައިމު ގޯލުން ވިކްޓަރީން 1-0 ން ގްރީން ސްޓްރީޓްސް ބަލިކޮށްފި އެވެ.

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗަށް ވިކްޓަރީ އާއި ގްރީން ވެސް ނުކުތީ ދެ ޓީމު ވެސް ފުރަތަމަ ކުޅުނު މެޗުން ބަލިވުމުގެ ހިތްދަތި ކަމާ އެކު އެވެ. ވިކްޓަރީގެ ފުރަތަމަ މެޗުގައި ބުރު އަތުން ބަލިވީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ގްރީންގެ ފުރަތަމަ މެޗުގައި ވެލެންސިއާ އަތުން ބަލިވީ 2-1 ންނެވެ.

މިއަދުގެ މެޗުވީ ދެ ޓީމަށް ވެސް ގޯލް ފޫއަޅުވާލަން އުނދަގޫ މެޗަކަށެވެ. ފުރަތަމަ މެޗަށް ވިކްޓަރީގައި ބިދޭސީ އެއްވެސް ކުޅުންތެރިޔަކު ނެތެވެ.

މައުޟޫޢުތަށް