މާވަށު މަރު: މުހައްމަދު އިބްރާހީމަށް ކުރީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ

މިހާރު

25 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 9:41

ލ. މާވަށު، މޫސާ އިބްރާހީމަށް މިދިޔަ ޖުލައި މަހު ވަޅިން ހަމަލާދީ މަރާލި ކަމަށް ތުހުމަތުކުރެވޭ މުހައްމަދު އިބްރާހީމަށް ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ދައުލަތުން ކޮށްފި އެވެ.

ދެ މީހުންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރޭ މާވަށުގައި މޫސައަށް ހަމަލާދިނުމަށް ފަހު، ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، އިބްރާހިމް ފުލުހުންނާ ހަވާލުވީ އަމިއްލައަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން މުހައްމަދު އިބްރާހީމްގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވާ ކަމަށެވެ. އޭގެ ތެރެއިން ފުރަތަމަ ދައުވާ އަކީ އެ ގާނޫނުގެ (5) ވަނަ މާއްދާގެ ދަށުން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.

މައުޟޫޢުތަށް