މީޑިއާ ގާނޫނު އުވާލަން އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަންގެ ވެރިޔާ ގޮވާލައިފި

މިހާރު

25 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 10:25

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނު، ރާއްޖެއިން ސޮއިކޮށްފައިވާ މުއާހަދާތަކާ ފުށުއަރާ ކަމަށް ވިދާޅުވެ، އެ ގާނޫނު އުވާލަން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނަރު ވޮލްކާ ޓާކު މިއަދު ގޮވާލައްވައިފި އެވެ.

އެ ޖަމާއަތުގެ ޗީފާ ހަވާލާދީ ތަރުޖަމާނު ރަވީނާ ޝަމްދަސަނި ނެރުއްވި ބަޔާނުގައި ވިދާޅުވީ މީޑިއާ ރެގިއުލޭޓްކުރާ ގާނޫނުގައި، ރާއްޖެއިން ސޮއިކޮށްފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއާ ފުށުއަރާ އުސޫލުތަކެއް އެބަހުރި ކަމަށެވެ.

އދ. އިން ކަންބޮޑުވާ އުސޫލުތަކުގެ ތެރޭގައި ނޫސްވެރިންނާއި މީޑިއާތަކުގެ ކޮންޓެންޓަށް ބާރުފޯރުވުމާއި މީޑިއާގެ މަސައްކަތްތައް ތަހުގީގުކުރުމާއި މީޑިއާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ޖޫރިމަނާ ކުރުން އަދި މީޑިއާތަކުގެ ލައިސަންސާއި ހުއްދަ ބާތިލުކުރުމުގެ ބާރު، މީޑިއާ ކޮމިޝަނަށް ލިބުން ހިމެނެ އެވެ.

މައުޟޫޢުތަށް