ރަން ތަށި ހޯދި ގައުމީ ޓީމުގެ ކީޕަރު އިފުރާ ނިޔާވެއްޖެ
މިހާރު
25 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 10:22
ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ޓީމުގައި ހިމެނުނު ގޯލްކީޕަރު އިބްރާހީމް އިފްރާހު އަރީފް (އިފުރާ) އުމުރުން 36 އަހަރުގައި މިރޭ ނިޔާވެއްޖެ އެވެ.
އިފުރާ އަށް މިދިޔަ ހޯމަ ދުވަހު ސްޓްރޯކެއް ޖެހި ހާލު ސީރިއަސްވެ އޭޑީކޭގައި އައީ ފަރުވާ ދެމުންނެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކީޕަރުންގެ ތެރޭ ހިމެނޭ އިފުރާ އަށް ޖެހުނު ހެމޮރެޖިކް ސްޓްރޯކުގެ ސަބަބުން ސިކުނޑި އަށް ލޭ އެޅުނެވެ. ލޭތައް ނެގުމަށް ހޯމަ ދުވަހު ހަވީރު ސާޖަރީއެއް ވެސް ހެދި އެވެ. އެކަމަކު އެއްކޮށް ލޭތައް ސާފުނުކުރެވޭތީއާ އެކު، ސިކުނޑީގެ ދުޅަ ތިރިކުރުމަށްޓަކައި އޭނާ އޮތީ މެޑިކަލީ އިންޑިއުސްޑް ކޯމާއެއްގައި ބާއްވައިފަ އެވެ.