25 ދުވަސް ތެރޭގައި 340 ބިދޭސީން ޑީޕޯޓު ކޮށްފިން: ރައީސް
މިހާރު
26 ސެޕްޓެމްބަރު 2025 | ހުކުރު | 10:08
ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން އަތުލައިގަތުމަށް ކުރާ މަސައްކަތުގެ ދަށުން މި މަހުގެ މިހާތަނަށް މިހާތަނަށް 340 މީހަކު ޑީޕޯޓު ކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ފ. އަތޮޅަށް މި ހަފުތާގައި ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ނިލަންދޫގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ހާލަތު އޮތް ގޮތް އޮޅުންފިލުއްވައި ދެއްވައިފަ އެވެ. ރައީސް ވިދާޅުވި ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެއާ އެކު، ބިދޭސީން ގަވާއިދާ ހިލާފަށް ކުރާ ވިޔަފާރި ވެސް އިތުރުވެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެހެންވެ، އެ ވިޔަފާރިތަކުގައި އުޅޭ މީހުން ހޯދައި ވަގުތުން ޑީޕޯޓުކުރަން މިދިޔަ ހޯމަ ދުވަހުން ފެށިގެން އޮޕަރޭޝަން ފަށާނެކަން އިއުލާން ކުރެއްވި އެވެ. އެ އޮޕަރޭޝަން އެ ދުވަހު ވަނީ ފަށައިފަ އެވެ.