74 ޕަސެންޓުގެ ވޯޓާ އެކު ތ. ގުރައިދޫ އަދިވެސް ހާއްސަ
މިހާރު
26 ސެޕްޓެމްބަރު 2025 | ހުކުރު | 7:48
ރައީސް ވިދާޅުވީ ޖުލައި 26، 2027 ގައި ގުރައިދޫ އެއާޕޯޓު ހުޅުވާނެ ކަމަށް.
މިދިޔަ ރިޔާސީ އިންތިހާބުގެ ކާމިޔާބީގެ ދުވަސްވަރުން ފެށިގެން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެންމެ ހާއްސަ އެއް ރަށަކަށް ވެފައި ވަނީ ތ. ގުރައިދު އެވެ. އެ އިންތިހާބުގައި އެ މަނިކުފާނަށް އެއް ރަށަކުން އެންމެ ގިނަ ވޯޓު ދިނީ ގުރައިދޫންނެވެ. އެ އިންތިހާބުގެ ދެ ވަނަ ބުރުގައި ރައީސް މުއިއްޒަށް ގުރައިދޫން 74 ޕަސެންޓު ލިބިވަޑައިގަތުމުގެ ނަތީޖާއަކީ އެ މަނިކުފާނުގެ ފޯކަސް ގުރައިދު އަށް އެނބުރުމެވެ.
ކެމްޕެއިނަށް ފަހު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ އިންތިހާބުގައި އެންމެ ގިނައިން ވޯޓު ލިބިވަޑައިގެންނެވި ރަށަށް ކަމަށް ވިދާޅުވި ވިދާޅުވުމާ އެއްގޮތަށް ފެބްރުއަރީ 6، 2024 ގައި ގުރައިދު އަށް ވަޑައިގަތެވެ. މުޅި ރަށް ކަހަލަ ގޮތަކަށް ނުކުމެ އެ އުފަލުގައި ބައިވެރިވި އެވެ.