އިފްރާގެ ކަށުނަމާދު ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި، ވަޅުލުން އާ ސަހަރާގައި
މިހާރު
26 ސެޕްޓެމްބަރު 2025 | ހުކުރު | 9:32
ސްޓްރޯކެއް ޖެހިގެން ރޭ ނިޔާވި ކުރީގެ ގޯލްކީޕަރު އިބްރާހިމް އިފްރާހް އަރީފްގެ ކަށުނަމާދު، މިއަދުގެ ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ބާއްވަން އިއުލާން ކޮށްފި އެވެ.
އެއަށް ފަހު އޭނާ ވަޅުލުން އޮންނާނީ އާ ސަހަރާގަ އެވެ. އޭނާގެ މޫނު ދެއްކުން ކުރިއަށް ގެންދާނީ މިއަދުގެ 10:30 ވަން ދެން އާ ސަހަރާގަ އެވެ.
އިފްރާ އަށް މިދިޔަ ހޯމަ ދުވަހު ސްޓްރޯކެއް ޖެހި ހާލު ސީރިއަސްވެ ފަރުވާން ދޭން ފެށި އެވެ.