ފެނަކައިގެ ދަރަނި 379 ޕަސެންޓު އިތުރުވީ ކޮރަޕްޝަންގެ ސަބަބުން: އޮޑިޓް ރިޕޯޓް

މިހާރު

26 ސެޕްޓެމްބަރު 2025 | ހުކުރު | 11:39

ފެނަކައިގެ ބައެއް ޕްރޮޖެކްޓްތަކަށް، މާކެޓް ރޭޓަށް ވުރެ އިތުރަށް 767.3 މިލިޔަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައިވޭ. އާ ޖަނަރޭޓަރުތަކުގެ ނަމުގައި ގެނެސްފައި ހުރީ މަރާމާތު ކޮށްފައިވާ ބާ ޖަނަރޭޓަރުތައް.

ފެނަކަ ކޯޕަރޭޝަނުގެ ދަރަނި 2023 ވަނަ އަހަރު ނިމުނުއިރު ނުވަތަ އެމްޑީޕީގެ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި 379 ޕަސެންޓް އިތުރުވެފައިވާ ކަމަށާއި އެއީ އެ ކުންފުންޏަށް ލިބުނު އާމްދަނީ އާއި ޓެރިފްލޮސްގެ ގޮތުގައި ދައުލަތުން ދިން ފައިސާ އިން ފޫނުބެއްދިގެން ވީ ގޮތެއް ނޫން ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ރޭގެ 12 ޖަހާކަންހާއިރު އާންމު ކުރެއްވީ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ފެނަކައިގެ މާލީ ހާލަތު މިހާރު އޮތް ވަރަށް ގޯސްވީ މުދަލާއި ހިދުމަތް ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ގިނަ މުއާމަލާތްތަކެއްގެ ނަތީޖާއެއްގެ ގޮތުންނެވެ. އެ މުއްދަތުގެ ތެރޭގައި އެ ކޯޕަރޭޝަނުން، މާލީ ހާލަތާ ނުބައްދަލު، އަދި އެ ވަގުތަށް މުހިންމު ނޫން ބޮޑެތި ހަރަދުތައް ކޮށްފައިވާ ކަމަށް ވެސް އެ ރިޕޯޓްގައި ބުންޏެވެ.

މައުޟޫޢުތަށް