އުރީދޫން އައިފޯނު ޕްރީއޯޑަރު ކުރި ކަސްޓަމަރުންނާ ފޯނު ހަވާލުކޮށްފި
މިހާރު
26 ސެޕްޓެމްބަރު 2025 | ހުކުރު | 5:44
އުރީދޫ މެދުވެރިކޮށް އައިފޯން 17 އޯޑަރު ކުރި މީހުންނާ ރޭ ފޯނުތައް ހަވާލުކޮށްފި އެވެ.
އުރީދޫގެ ކަސްޓަމަރުންނާ ފޯނުތައް ހަވާލުކުރީ ރޭ ދަންވަރު 12 ޖެހިއިރު ބޭއްވި ހާއްސަ ހަފުލާއެއްގަ އެވެ.
އެ ހަރަކާތުގެ ފޯރި އިތުރަށް ގަދަކުރުމުގެ ގޮތުން އުރީދޫ ހެޑް އޮފީހުގައި އާއްމުންނަށް ހުޅުވާލައިގެން ހާއްސަ މިޔުޒިކް ޝޯއެއް ވެސް ބޭއްވި އެވެ. އެ ޝޯގައި މަޝްހޫރު ލަވަކިޔުންތެރިޔާ ބަޖިއްކޮ އާއި ފާލިހުގެ ރީތި ހުށަހެޅުންތަކެއް ވެސް އޮތެވެ.