ޑޮކްޓަރުކަން ކިޔަވައި ނިންމުމަށް ފަހު ރާއްޖެ އަންނަން އުޅެނިކޮށް މަރު

މިހާރު

26 ސެޕްޓެމްބަރު 2025 | ހުކުރު | 5:31

ފިލިޕީންސްގައި ޑޮކްޓަރުކަން ކިޔަވައި ނިންމުމަށް ފަހު، އަނބުރާ ރާއްޖެ އައުމަށް ތައްޔާރުވެގެން ހުރި ޒުވާނަކު ނިޔާވެފައި އޮއްވާ ރޭ ފެނިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އެ ގައުމުގައި ދިރިއުޅެމުން އައި ކޮޓަރީގެ ތެރޭގައި ނިޔާވެފައި އޮއްވާ ފެނުނީ ނ. ހޮޅުދޫ، ސްވޯޑް، ހުމެއިދު އަހުމަދު، 30، އެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ހުމެއިދު ވެއްޓިފައި އޮއްވާ ފެނުނީ އާއިލާ މީހުންގެ ކޯލުތަކަށް ޖަވާބު ނުދޭތީ، އޭނާއާ އެކު އެއް އެޕާޓްމަންޓެއްގައި ދިރިއުޅެމުން ދިޔަ އެހެން ދިވެއްސަކަށް ގުޅައިގެން އިތުރަށް ބެލުމުން ކަމަށެވެ.

މައުޟޫޢުތަށް