ތިމަރަފުއްޓަށް ދިރިއުޅުން ބަދަލުކުރަން ފުރުސަތު ދޭން މެމްބަރުގެ ހުށަހެޅުމެއް
މިހާރު
27 ސެޕްޓެމްބަރު 2025 | ހޮނިހިރު | 12:11
ތ. ތިމަރަފުއްޓަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދިނުމުގެ ހުށަހެޅުމެއް ތިމަރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ރިޔާޒު ހުށަހަޅުއްވައިފި އެވެ.
ރައީސް އެ އެ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެންމެ ފަހު ރަށަކަށް ވަޑައިގެންނެވީ ތިމަރަފުއްޓަށެވެ.
އެ ރަށު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ އެ ރަށުގައި ހިއްކުމަށްފަހު އެއްވެސް ބޭނުމެއް ނުކޮށް އޮތް ހުސް ބިމެއް އެބައޮތް ކަމަށެވެ.