ހަތަރު އަތޮޅުގެ 31 ރަށަކަށް ރައީސް ކުރެއްވި ދަތުރުފު ނިންމަވާލައްވައިފި
މިހާރު
27 ސެޕްޓެމްބަރު 2025 | ހޮނިހިރު | 11:53
ރާއްޖޭގެ ހަތަރު އަތޮޅެއްގެ 31 ރަށަކަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރު މާލެ ވަޑައިގެންފި އެވެ.
އަށް ދުވަހުގެ އެ ދަތުރުފުޅު ރައީސް ފެއްޓެވީ މި މަހު 19 ވަނަ ދުވަހު އެވެ. އެ ދަތުރުފުޅުގައި ވ. މ. ފ. އަދި ތ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަތެވެ.
ރައީސްގެ އެ ދަތުރުފުޅުގައި ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތާ ގުޅޭ ބައެއް މަޝްރޫއުތަކާއި، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި، ތައުލީމާއި، ސިއްހަތާއި، ހަށިހެޔޮކަމާ ގުޅުންހުރި މަސައްކަތްތަކާއި، މަސްވެރިކަމާއި އަދި ދަނޑުވެރިކަމުގެ އިގްތިސާދު ފުޅާކުރެއްވުމާގުޅޭ މުހިންމު ނިންމެވުންތައް ވަނީ ނިންމަވައިފަ އެވެ.