ތިނަދޫގެ ގެއަކަށް ވަދެ، މާރާމާރީ ހިންގައި އިންޒާރު ދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
މިހާރު
27 ސެޕްޓެމްބަރު 2025 | ހޮނިހިރު | 12:19
ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓިކްޓޮކްގައި މަޝްހޫރު އައިމިނަތު ފޭޒްލީން އޭނާގެ އުފަން ރަށް ގދ. ތިނަދޫގެ ގެއަކަށް ހުއްދަ ނެތި ވަދެ، މާރާމާރީ ހިންގައި އިންޒާރު ދީފައިވާ މައްސަލައެއްގެ ތަހުގީގަށް މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، ތިނަދޫ، ފޫޓްލައިޓްއާގޭ ފޭޒްލީން، 49 މިއަދު މެންދުރު 2:32 ގައި ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
އޭނާ ހައްޔަރުކުރީ، މިދިޔަ ބުދަ ދުވަހުގޭ ރޭގެ 11:38 ހާއިރު ތިނަދޫގެ ގެއަކަށް ހުއްދަ ނެތި ވަދެ، އެ ގޭގައި ކުޑަކުދިންތަކެއް ވެސް ތިއްބައި، ހުތުރު ބަހުން ޒުވާބުކޮށް، މާރާމާރީ ހިންގައި އިންޒާރު ދިން މައްސަލައެއްގައި ކަމަށް ފުލުހުން ބުންޏެވެ.