އޮކްސްފޯޑުން ޕީއެޗްޑީ ހާސިލްކުރި ފުރަތަމަ ދިވެއްސަކަށް ޝައްފާން
މިހާރު
27 ސެޕްޓެމްބަރު 2025 | ހޮނިހިރު | 4:00
ދުނިޔޭގައި އެންމެ މޮޅު އަދި ޝަރަފުވެރި ޔުނިވާސިޓީތަކުގެ ތެރޭގައި ހިމެނޭ، އިނގިރޭސި ވިލާތުގެ އޮކްސްފޯޑުން ޕީއެޗްޑީ ހާސިލްކުރި ފުރަތަމަ ދިވެއްސަށް، ޒުވާން ވަކީލް މުހައްމަދު ޝައްފާން ވެއްޖެ އެވެ.
އޯ ލެވެލް އަދި އޭ ލެވެލްގައި ވެސް ރާއްޖެ އިން އެއްވަނަ ހޯދައިގެން ރައީސްގެ ސްކޮލަޝިޕްގައި މަތީ ތައުލީމުގެ ދަތުރު ފެށި އުމުރުން 30 އަހަރުގެ ޝައްފާން ޕީއެޗްޑީގެ ހަތަރު އަހަރުގެ ކިޔެވުމަށް ފަހު އިއްޔެ ވަނީ ގްރެޖުއޭޓު ވެފަ އެވެ.
އޭނާ ތީސިސް ހެދީ ކޮޕީރައިޓް ގާނޫނުގައި ހިމެނޭ ޖިނާއީ ފިޔަވަޅުތަކުގެ ގާނޫނީ އަސާސްގެ މައްޗަށެވެ.