ޔޫޑަބްލިއުސީގެ ސްކޮލަޝިޕް ތިން ދަރިވަރަކަށް
މިހާރު
27 ސެޕްޓެމްބަރު 2025 | ހޮނިހިރު | 11:13
ޔުނައިޓެޑް ވޯލްޑް ކޮލެޖް މޯލްޑިވްސް (ޔޫޑަބްލިއުސީ މޯލްޑިވްސް) އިން ދެމުން އަންނަ ސްކޮލަޝިޕް ތިން ދަރިވަރަކަށް ދީފި އެވެ.
ޔޫޑަބްލިއުސީ އިން ބުނީ އިންޑިއާ، ހޮންކޮންގް އަދި ކެނެޑާގައި މަތީ ތައުލީމު ހާސިލުކުރުމަށް ދޭ އެ ސްކޮލަޝިޕް މިފަހަރު ލިބުނީ ނ. ކުޑަފަރީ ސްކޫލުގެ ދަރިވަރެއް ކަމަށްވާ އިޒް ޔާލާ ބިންތު އަލީ ޝަމީމާއި ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރު ޔަޒާން އަބްދުﷲ ސާއިދު އަދި ތާޖުއްދީން ސްކޫލުގެ ހައްވާ އިޝްހާ އަށް ކަމަށެވެ.
މިފަހަރު އެ ދަރިވަރުން ފޮނުވީ އިންޑިއާގެ މަހިންދްރާ ޔުނައިޓެޑް ވޯލްޑް ކޮލެޖާއި ހޮންކޮންގުގެ ލީޕޯޗުން ޔުނައިޓެޑް ވޯލްޑް ކޮލެޖާއި ކެނެޑާގެ ޕިއާސަން ޔުނައިޓެޑް ވޯލްޑް ކޮލެޖަށެވެ.