މީޑިއާ ކޮމިޝަނަށް ކުރިމަތިލާ މީހުން އަވަހަށް ރެކޯޑު ސާފުކުރަން އެދެފި

މިހާރު

27 ސެޕްޓެމްބަރު 2025 | ހޮނިހިރު | 12:14

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން ސަރުކާރުން މީޑިއާ ރެގިއުލޭޓްކުރަން އުފެއްދި ކޮމިޝަނަށް ކުރިމަތިލާ މީހުން ވަގުތު އޮއްވައި ރެކޯޑު ސާފުކުރަން ހުށަހެޅުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން އެދެފި އެވެ.

ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ކުރި އިއުލާނެއްގައި ބުނީ މީޑިއާ ކޮމިޝަނަށް ކުރިމަތިލުމުގެ ފުރުސަތު އޮކްޓޫބަރު 4 އާ ހަމައަށް ހުޅުވާލާފައިވާއިރު އިންތިހާބަށް ކުރިމަތިލުމަށް އެދި ރެކޯޑު ސާފުކުރަން ހުށަހަޅާ ފަރާތްތަކުގެ ރެކޯޑު ސާފުކުރުމުގެ މަސައްކަތް ވީއެންމެ އަވަހަކަށް ނިންމުމަަށް ކޯޓުތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރެކޯޑު ސާފުކުރަނީ އޮޓޮމޭޓަޑް ސެންޓްރަލް ޑޭޓާ ބޭސްއަކުން ކަމަށް ވިޔަސް މުޅި ރާއްޖޭގެ ހުރިހާ ކޯޓެއްގައި ހުރި ކުށުގެ ރެކޯޑުތައް، ރެކޯޑު ޕޯޓަލަށް އަޅައި އަޕްޑޭޓްކުރެވިފައި ނުވާ ކަމަށް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުންޏެެވެ.

މައުޟޫޢުތަށް