މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިނުމާ ދެކޮޅަށް ޕެޓިޝަނެއް
މިހާރު
27 ސެޕްޓެމްބަރު 2025 | ހޮނިހިރު | 1:08
އަންނަ ނޮވެމްބަރުން މަހުން ފެށިގެން ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ދޭން ނިންމުމާ ގުޅިގެން އެކަމާ ދެކޮޅަށް އޮސްޓްރޭލިއާގެ އޯޝަން ޖިއޮގްރަފިކް މެގަޒިންގެ އެޑިޓަރުން އޮންލައިން ޕެޓިޝަނެއްގައި ސޮއި ހޯދަން ފަށައިފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 އިން ފެށިގެން ރާއްޖޭގައި ވަނީ މިޔަރު ހިމާޔާތްކޮށްފަ އެވެ.
އެކަމަކު މިޔަރުގެ މަސްވެރިކަން މަނާކުރުމާ ހަމައަށް އެންމެ ފުޅާ ދާއިރާއެއްގައި އޭގެ މަސްވެރިކަން ކުރި ހދ. ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި މިދިޔަ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންނަ ނޮވެމްބަރު 1 އިން ފެށިގެން ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި ހުއްދަކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.