ހުޅުމާލޭގައި ނޭޕާލް އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދީފި
މިހާރު
27 ސެޕްޓެމްބަރު 2025 | ހޮނިހިރު | 4:17
ހުޅުމާލޭ ފިހާރައެއްގައި މަސައްކަތްކުރާ ނޭޕާލް އަންހެނެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މީހަކު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 12:45 ހާއިރު ކަމަށެވެ.
އަނިޔާވީ ހުޅުމާލޭ 1 ގައި ހުންނަ ފިހާރައެެއްގައި މަސައްކަތްކުރާ 21 އަހަރުގެ އަންހެނަކަށް ކަމަށް ވެސް ފުލުހުން ބުންޏެވެ. އެކަމަކު އޭނާއަށް ހަމަލާދީ ކާކު ކަމެއް އަދި ކޮން މައްސަލައެއްގައި ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.