ދުނިޔޭގެ ޗެމްޕިއަން ޗެލްސީ އަނެއްކާ ވެސް ބްރައިޓަން އަތްދަށުވެއްޖެ

މިހާރު

27 ސެޕްޓެމްބަރު 2025 | ހޮނިހިރު | 11:45

ދުނިޔޭގެ ޗެމްޕިއަން ޗެލްސީ އަމިއްލަ ދަނޑުގައި ބްރައިޓަންއާ ވާދަކޮށް 3-1 އިން މިރޭ ބަލިވެއްޖެ އެވެ.

ފޯރީގައި މެޗު ފެށި ޗެލްސީ ވަނީ 24 ވަނަ މިނިޓުގައި އެންޒޯ ފެނާންޑޭޒްގެ ގޯލަކުން ލީޑު ނަގައިފަ އެވެ. ނަމަވެސް އިތުރު ލަނޑެއް ނުޖެހި އުޅެނިކޮށް، ދެވަނަ ހާފު ފެށުނު ތަނާ ޑިފެންޑަރު ޓްރެވޯ ޝަލަބާ އަށް ސީދާ ރަތް ކާޑެއް ދެއްކުމާ އެކު، މުޅި ޓީމު ޕްރެޝަރަށް ވެއްޓުނެވެ.

ބްރައިޓަން އެއްވަރުކުރި ލަނޑު 77 ވަނަ މިނިޓުގައި ޖަހައިދިނީ ޑެނީ ވެލްބެކެވެ. އެ އަށް ފަހު، ބްރައިޓަން ވަނީ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ 11 މިނިޓުތެރޭ އިތުރު ދެ ލަނޑު ޖަހައި ތިން ޕޮއިންޓް ކަށަވަރު ކޮށްފަ އެވެ.

މައުޟޫޢުތަށް