ބާރުގަދަ ގައުމުތަކަށް ގާނޫނު ނުހިންގޭތީ، ދުނިޔޭގެ ނިޒާމަށް އޮތް އިތުބާރު ގެއްލެމުންދާކަމުގެ އިންޒާރު ރާއްޖޭން ދީފި
މިހާރު
28 ސެޕްޓެމްބަރު 2025 | އާދިއްތަ | 7:34
ހަލީލް ވަނީ ހަމަހަމަކަމާ އެކު އދ. ގެ މެމްބަރު ގައުމުތަކުގެ މައްޗަށް ބައިނަލްއަގުވާމީ ގާނޫނުތައް ނުހިންގޭ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައި.
ބާރުގަދަ ބައެއް ގައުމުތަކުގެ މައްޗަށް ބައިނަލްއަގުވާމީ ގާނޫނު ނުހިންގޭތީ، ބައިނަލްއަގުވާމީ ނިޒާމަށް އޮތް އިތުބާރު ގެއްލެމުންދާ ކަމުގެ އިންޒާރު ރާއްޖޭން އިއްޔެ ދީފި އެވެ.
އެމެރިކާގެ ނިއު ޔޯކުގައި މިހާރު ކުރިއަށް ގެންދާ އދ. ގެ އާންމު މަޖިލީހުގެ ބަހުސްގައި ރާއްޖޭގެ ފަރާތުން ދެއްވި ބަޔާނުގައި، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވަނީ ހަމަހަމަކަމާ އެކު، އދ. ގެ މެމްބަރު ގައުމުތަކުގެ މައްޗަށް ބައިނަލްއަގުވާމީ ގާނޫނުތައް ނުހިންގޭ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.