ވީޓޯގެ ބާރަށް ނުސިހޭ ގޮތަށް، ސަލާމަތީ މަޖިލީހުގެ އޮނިގަނޑު ބަދަލުކުރަން ރާއްޖޭން އދ. އަށް ގޮވާލައިފި
މިހާރު
28 ސެޕްޓެމްބަރު 2025 | އާދިއްތަ | 7:38
އދ. ގެ އެންމެ ބާރުގަދަ ގުނަން ކަމަށްވާ، ސަލާމަތީ މަޖިލީހުގައި ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުތަކަށް ލިބޭ ވީޓޯ ކުރުމުގެ ބާރު ނިމުމަކަށް ގެނެސް އެ ޖަމާއަތުގެ މުޅި އޮނިގަނޑު އިސްލާކުރަންޖެހޭ ވަގުތު ޖެހިފައިވާ ކަމަށް ރާއްޖޭން އދ. ގައި އިއްޔެ ބުނެފި އެވެ.
އދ. ގެ އާންމު މަޖިލީހުގެ އާންމު ބަހުސްގައި ރާއްޖޭގެ ފަރާތުން ދެއްވި ބަޔާނުގައި، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ، ބައިނަލްއަގުވާމީ ގާނޫނު ހަމަހަމަކަމާ އެކު ހުރިހާ މެމްބަރު ގައުމުތަކުގެ މައްޗަށް ތަންފީޒު ނުކުރެވޭތީ، ބައިނަލްއަގުވާމީ ނިޒާމަށް އޮތް އިތުބާރު ގެއްލެމުންދާ ކަމަށެވެ.
ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާއްމު ހުއްޓުވަން ދުނިޔެ ނުކުޅެދިފައިވާކަން ފާހަގަކުރައްވައި، ހަލީލް ވިދާޅުވީ، އދ. ގެ އޮނިގަނޑު އިސްލާހުކުރުން ނޫން ގޮތެއް މިހާރު ނެތް ކަމަށެވެ.