އެމެރިކާއިން އެޅި ފިޔަވަޅު ތަކާ އެކު، ރުޕީސްގެ އަގު ވަރަށް ބޮޑަށް ވެއްޓިއްޖެ
މިހާރު
28 ސެޕްޓެމްބަރު 2025 | އާދިއްތަ | 10:56
އެމެރިކާ އިން ޓެރިޕްގެ އަގުތައް ބޮޑުކުރުމުން، ރުޕީސްގެ އަގު ވަރަށް ބޮޑަށް ވެއްޓިއްޖެ އެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން މި ވަގުތު އެއް ޑޮލަރަށް 88.6 ރުޕީސް ލިބެ އެވެ. ހަފުތާއެއް ކުރިން އެ އަދަދު ހުރީ 88.4 ރުޕީސްގަ އެވެ. ހިސާބުތައް ދައްކާ ގޮތުން މިއީ ފަހުގެ ތާރީހެއްގައި ރުޕީސްގެ އަގު އެހާ ބޮޑަށް ވެއްޓުނު ފަހަރެވެ. ރުޕީސްގެ އަގު މިހާރު ވަނީ 2014 ވަނަ އަހަރާ އަޅާ ބަލާއިރު 30 ޕަސެންޓަށް ވެއްޓިފަ އެވެ.
މިދިޔަ އަހަރު އެވްރެޖުކޮށް ހުރީ ޑޮލަރަކަށް 84 ރުޕީސްގައި ހިފެހެއްޓިފަ އެވެ. ކޮވިޑްގެ ކުރިން ރުޕީސްގެ އަގު ހުރީ އެއް ޑޮލަރަކަށް 70 ރުޕީސްގަ އެވެ. އެކަމަކު އޭގެ ފަހުން އެއް އަހަރުން އަނެއް އަހަރަށް ރުޕީސްގެ އަގު ދަނީ ވެއްޓެމުންނެވެ.