އެލް މޮބައިލްގެ ފިހާރަތަކުން އެމްއައިބީ ކަސްޓަމަރުންނަށް ޑިސްކައުންޓް ދެނީ
މިހާރު
28 ސެޕްޓެމްބަރު 2025 | އާދިއްތަ | 11:55
އެލް މޮބައިލްގެ ފިހާރަތަކުން އައިފޯން 17 ގަންނަ ކަސްޓަމަރުން ފޯނާ އެކު ގަންނަ އެކްސެސަރީސް އަށް ހާއްސަ ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަންގެ ދަށުން ޑިސްކައުންޓް ލިބޭނީ އައިފޯން 17 ގަތުމަށް ފަހު އޭގެ އެކްސަސަރީސް އަށް އެމްއައިބީ ކާޑުން ނުވަތަ ޕޭމަންޓް ރިންގުން ފައިސާ ދައްކާ ކަސްޓަމަރުންނަށެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ޕްރޮމޯޝަންގައި އެލް މޮބައިލްގެ ކޮންމެ ފިހާރައަކުން އައިފޯން 17 ގަނެގެން ވެސް ބައިވެރިވެވޭނެ އެވެ. މި ޕްރޮމޯޝަންގައި އެމްއައިބީ އުޖާލާ ދިރިއުޅުން ފެސިލިޓީ މެދުވެރިކޮށް އެލްމޮބައިލްގެ ފިހާރައަކުން އައިފޯން 17 ގަންނަ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ އެވެ.