ބޭރު މުބާރާތްތަކުން ބެޑްމިންޓަނަށް ވަގުތީ ފުރުސަތެއް
މިހާރު
28 ސެޕްޓެމްބަރު 2025 | އާދިއްތަ | 12:53
ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން ސަސްޕެންޑްކޮށްފައި އޮތް ނަމަވެސް ހާއްސަ ހުއްދައެއްގެ ދަށުން ރާއްޖޭގެ ކުޅުންތެރިންނަށް ވަގުތީ ގޮތުން ބޭރު މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ދީފި އެވެ.
ބީޑަބްލިއުއެފް އިން މިދިޔަ މޭ މަހު ރާއްޖެ ސަސްޕެންޑްކުރީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި، ކޮމިޝަނާ އޮފް ސްޕޯޓްސްގެ ނުފޫޒު ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަނަށް ފޯރާފައިވާތީވެ އެވެ.
އެމްއޯސީ އިން ނެރުނު ބަޔާނެއްގައި ބުނީ އިސްލާހީ ފިޔަވަޅުތަކުގެ ސަބަބުން މި އަހަރުގެ ޑިސެމްބަރު 26 ގެ ނިޔަލަށް ވާދަކުރުމުގެ ފުރުސަތު މިހާރު ދީފައިވާ ކަމަށެވެ. އެހެންވެ އަންނަ މަހު ބަހުރޭނުގައި އޮންނަ އޭޝިއަން ޔޫތު ގޭމްސްގައި ބެޑްމިންޓަނަށް ބައިވެރިވެވޭނެ އެވެ.